ކައުންސިލްގެ 19ވަނަ ބައްދަލުވުމުގެ ނިންމުން

ޖަލްސާ ބޭއްވި ތާރީޚް:       13 އޮކްޓޯބަރު 2019

ޖަލްސާ ފެށި ގަޑި:          09:30 ހެނދުނު

ޖަލްސާ ނިމުނު ގަޑި:             09:45 ހެނދުނު

ޖަލްސާއަށް ޙާޒިރުވެލެއްވި ކައުންސިލަރުން.

  1. ކައުންސިލްގެ ރައީސް، އަލްފާޟިލް އާދަމް ސާމީ
  2. ކައުންސިލްގެ ނައިބްރައީސް، އަލްފާޟިލް ޙުސައިން ރަޝީދު
  3. ކައުންސިލް މެންބަރު، އަލްފާޟިލް އާދަމް ޙުސައިން

  ނިންމުންތައް:

އެޖެންޑާ އައިޓަމް 02

މިސްކިތް މަރާމާތުކުރުމަށް ދައުލަތުގެ ބަޖެޓުން ލިބިފައިވާ -/15000ރ (ފަނަރަހާސް ރުފިޔާ/) ޚަރަދުކުރުމަށް ބައްދަލުވުމުގެ ރިޔާސަތުން ހުށަހަޅާ ކައުންސިލްގެ ނައިބްރައީސް، ކައުންސިލްގެ މެންބަރު، ތާޢީދުކޮށްފައިވާ ގޮތަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 03

ރަށުގައި ކުރެވޭ ޢިމާރާތްތައް ޢިމާރާތްކުރެވޭނެ އެންމެ އުސްމިނަކީ ބިމުން ފެށިގެން މައްޗަށް 11 މީޓަރުކަމަށް ބައްދަލުވުމުގެ ރިޔާސަތުން ހުށަހަޅާ ކައުންސިލްގެ ނައިބްރައީސް، ކައުންސިލްގެ މެންބަރު، ތާޢީދުކޮށްފައިވާ ގޮތަށް ނިންމުނެވެ.

ފާސްކުރުމަށް ވޯޓްދެއްވި ގޮތް:

# ނަން މަޤާމް ފެންނަ ނުފެންނަ ސޮއި
1 އާދަމް ސާމީ ކައުންސިލްގެ ރައީސް ފެންނަ    
2 ޙުސައިން ރަޝީދު ކައުންސިލްގެ ނައިބްރައީސް ފެންނަ    
3 އާދަމް ޙުސައިން ކައުންސިލް މެންބަރ ފެންނަ    

 

_____________________________

(13 އޮކްޓޯބަރު 2019)

Leave a Reply

Your email address will not be published. Required fields are marked *